ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުން މެދު ކަނޑާލުން
އާއްމު އިއުލާނު
ނަންބަރު :
-
ޕަބްލިޝްކުރި ތާރީޚު :
31 މޭ 2021
ސުންގަޑި :
-
މާލެ ސަރަޙައްސުގައި ކޮވިޑް-19ގެ ޙާލަތު ގޯސްވެ، މާލޭގައި ހުންނަ ސަރުކާރުގެ އޮފީސްތައް 2 ހަފްތާއަށް ބަންދު ކުރުމާއި ގުޅިގެން ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޚިދުމަތްތައް މެދުކަނޑާލެވިފައިވާތީ، މި އިދާރާއިން ދެމުންދާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް 30 މެއި 2021 ން ފެށިގެން ވަނީ މެދުކަނޑާލެވިފައެވެ.
ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އިން ޚިދުމަތް އަލުން ފެށުމުން މި އިދާރާއިންވެސް ޚިދުމަތް އަލުން ފަށޭނެ ވާހަކަ ދަންނަވާލަމެވެ.