އެޖެންޑާ
1. އިދާރީ މައްސަލަތައް :
1.1 ކައުންސިލްގެ 4 ވަނަ ދައުރުގެ 209 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
2. ސަރުކާރުން ހުށަހަޅުއްވާ ކަންކަން:
3. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހަޅުއްވާ ކަންކަން:
4. ކައުންސިލް އިދާރާއިން ހުށަހަޅުއްވާ ކަންކަން:
4.1 ރަށުގެ ތަރައްޤީގެ ކަންކަމާއި ގުޅޭގޮތުން މިނިސްޓްރީތަކާއި މަޝްވަރާކުރުމަށްޓަކައި ކައުންސިލުން މިނިސްޓްރީތަކާއި ބައްދަލުކުރުމަށް މާލެއަށް ދަތުރުކުރުމުގެ މައްސަލަ
4.2 ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލަށް އިސްލާހު ގެނެއުމުގެ މައްސަލަ
4.3 2025 ފެބްރުއަރީ މަހުގެ ހަރަދުތަށް ހަމަޖެއްސުމަށް ޓަކައި ބަޖެޓް ކޮންޓްރޯލް ހެދުމުގެ މައްސަލަ
5. ކައުންސިލަރުން ހުށަހަޅުއްވާ ކަންކަން:
6. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން:
ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިޔައްގެންދާނީއެވެ.
ޙުލާސާ
1.1 ކައުންސިލްގެ 4 ވަނަ ދައުރުގެ 209 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރެވުނެވެ.
6.1 ރަށުގެ ތަރައްޤީގެ ކަންކަމާއި ގުޅޭގޮތުން މިނިސްޓްރީތަކާއި މަޝްވަރާކުރުމަށްޓަކައި ކައުންސިލުން މިނިސްޓްރީތަކާއި ބައްދަލުކުރުމަށް މާލެއަށް ދަތުރުކުރުމަށް ނިންމުނެވެ.
6.2 ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލަށް ގެނެވުނު އިސްލާހުތަކާއި އެއްގޮތަށް ފާސްކުރުމަށް ނިންމުނެވެ.
ގެނެވުނު އިސްލާހުތައް
(5) ކުނީގެ ބައިތައް ވަކިކުރުން
(ށ) ގޯތިތެރޭގައި ހުންނަ ރުއްގަސް ކޮށާފައި ކުނީގެ ގޮތުގައި އުކާލާ ބައިތައް ހުންނަންވާނީ ފަސޭހައިން އުފުލޭވަރަށްބައިކުރެވި އެއްޗަކުން ބަދެލެވިފައެވެ.
(ނ) ކުނިނަގާ ކޮންމެ ދުވަހަކު ރަޖިސްޓްރީ ކުރެވިފައިވާ ގޭބިސީއަކުން ނޭގޭނީ ގިނަވެގެން 7(ހަތެއް) ގޯނި ކުންޏެވެ. އަދި އެއްވެސް ބާވަތެއްގެ ކުނިޖަމްބޯ ގޯއްޏަށް އެޅިފައިހުރެގެންނުވާނެއެވެ. އުކާލުމަށް ބޭނުންވާ ކުނި ހުންނަންވާނީ ގޯތިން ކަނޑައަޅާ ދޮރޯއްޓެއްގެ ކައިރީގައި ގޯތިތެރޭގައިފަސޭހައިން ނެގޭ ގޮތަށެވެ.
(7) ކުނި ކޮށި ހުޅުވިފައި ހުންނާނެ ގަޑިތައް
(ހ) ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު ފަހު 14:00 އަށް ކުނިކޮށި ހުޅުވިފައި ހުންނާނެއެވެ. ނަމަވެސް އަމިއްލައަށް ކުނިކޮއްޓަށް ކުނިގެންދާ ފަރާތްތަކަށް ކުނިކޮއްޓަށް ކުނި ގެންދެވޭނީ ހަފްތާގެ ހޮނިހިރު، ހޯމަ، ބުދަ، މިތިން ދުވަހުގެ ހެނދުނު 8:15 އިން 13:45ށެވެ.
(9) އަމިއްލައަށް ކުނިއުކާލުން
(ށ) އަމިއްލައަށް ކުނިއުކާ ފަރާތްތަކުން ކުނި އުކަންވާނީ ރަސްމީކޮށް ކުނިކޮށި ހުޅުވިފައި ހުންނަ ވަގުތުތަކުގައި، ކުނިއުކާ ކޮންމެ ފަހަރަކަށް -/20ރުފިޔާގެ ގޭޓްފީއެއް ދެއްކުމަށްފަހުގައެވެ. މިގޮތުން ކުނިއުކާލެވޭނީ ގޯތިތަކާއި ވިޔަފާރިގެތަކާއި އެކިއެކި ބޭނުމަށް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ކުލީބިން ތަކުންނެވެ. އަދި ރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫއުތަކުގެ ކޮންސްޓްރަކްޝަން ސައިޓްތަކުން އުފެދޭކުނި ކުނި ކޮއްޓަށްގެންދަންވާނީ ރަސްމީކޮށް ކުނިކޮށި ހުޅުވިފައި ހުންނަ ދުވަސްތަކުގައި، ކުނިއުކާ ކޮންމެ ފަހަރަކަށް -/50ރުފިޔާގެ ގޭޓްފީއެއް ދެއްކުމަށްފަހުގައެވެ.
6.3 2025 ފެބްރުއަރީ މަހުގެ ހަރަދުތަށް ހަމަޖެއްސުމަށް ޓަކައި ބަޖެޓް ކޮންޓްރޯލް ހެދުމަށް ޖަލްސާއަށް ހުށަހެޅުނު ގޮތަށް ބަޖެޓްކޮންޓްރޯލް ހެދުމަށް ނިންމާ ފާސްކުރެވުނެވެ.
ނިންމުންތައް
6.1 ރަށުގެ ތަރައްޤީގެ ކަންކަމާއި ގުޅޭގޮތުން މިނިސްޓްރީތަކާއި މަޝްވަރާކުރުމަށްޓަކައި ކައުންސިލުން މިނިސްޓްރީތަކާއި ބައްދަލުކުރުމަށް މާލެއަށް ދަތުރުކުރުމަށް ނިންމަމެވެ.
6.2 ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލަށް ގެނެވުނު އިސްލާހުތަކާއި އެއްގޮތަށް ފާސްކުރުމަށް ނިންމަމެވެ.
ގެނެވުނު އިސްލާހުތައް
(5) ކުނީގެ ބައިތައް ވަކިކުރުން
(ށ) ގޯތިތެރޭގައި ހުންނަ ރުއްގަސް ކޮށާފައި ކުނީގެ ގޮތުގައި އުކާލާ ބައިތައް ހުންނަންވާނީ ފަސޭހައިން އުފުލޭވަރަށްބައިކުރެވި އެއްޗަކުން ބަދެލެވިފައެވެ.
(ނ) ކުނިނަގާ ކޮންމެ ދުވަހަކު ރަޖިސްޓްރީ ކުރެވިފައިވާ ގޭބިސީއަކުން ނޭގޭނީ ގިނަވެގެން 7(ހަތެއް) ގޯނި ކުންޏެވެ. އަދި އެއްވެސް ބާވަތެއްގެ ކުނިޖަމްބޯ ގޯއްޏަށް އެޅިފައިހުރެގެންނުވާނެއެވެ. އުކާލުމަށް ބޭނުންވާ ކުނި ހުންނަންވާނީ ގޯތިން ކަނޑައަޅާ ދޮރޯއްޓެއްގެ ކައިރީގައި ގޯތިތެރޭގައިފަސޭހައިން ނެގޭ ގޮތަށެވެ.
(7) ކުނި ކޮށި ހުޅުވިފައި ހުންނާނެ ގަޑިތައް
(ހ) ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު ފަހު 14:00 އަށް ކުނިކޮށި ހުޅުވިފައި ހުންނާނެއެވެ. ނަމަވެސް އަމިއްލައަށް ކުނިކޮއްޓަށް ކުނިގެންދާ ފަރާތްތަކަށް ކުނިކޮއްޓަށް ކުނި ގެންދެވޭނީ ހަފްތާގެ ހޮނިހިރު، ހޯމަ، ބުދަ، މިތިން ދުވަހުގެ ހެނދުނު 8:15 އިން 13:45ށެވެ.
(9) އަމިއްލައަށް ކުނިއުކާލުން
(ށ) އަމިއްލައަށް ކުނިއުކާ ފަރާތްތަކުން ކުނި އުކަންވާނީ ރަސްމީކޮށް ކުނިކޮށި ހުޅުވިފައި ހުންނަ ވަގުތުތަކުގައި، ކުނިއުކާ ކޮންމެ ފަހަރަކަށް -/20ރުފިޔާގެ ގޭޓްފީއެއް ދެއްކުމަށްފަހުގައެވެ. މިގޮތުން ކުނިއުކާލެވޭނީ ގޯތިތަކާއި ވިޔަފާރިގެތަކާއި އެކިއެކި ބޭނުމަށް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ކުލީބިން ތަކުންނެވެ. އަދި ރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫއުތަކުގެ ކޮންސްޓްރަކްޝަން ސައިޓްތަކުން އުފެދޭކުނި ކުނި ކޮއްޓަށްގެންދަންވާނީ ރަސްމީކޮށް ކުނިކޮށި ހުޅުވިފައި ހުންނަ ދުވަސްތަކުގައި، ކުނިއުކާ ކޮންމެ ފަހަރަކަށް -/50ރުފިޔާގެ ގޭޓްފީއެއް ދެއްކުމަށްފަހުގައެވެ.
6.3 2025 ފެބްރުއަރީ މަހުގެ ހަރަދުތަށް ހަމަޖެއްސުމަށް ޓަކައި ބަޖެޓް ކޮންޓްރޯލް ހެދުމަށް ޖަލްސާއަށް ހުށަހެޅުނު ގޮތަށް ބަޖެޓްކޮންޓްރޯލް ހެދުމަށް ނިންމާ ފާސްކުރަމެވެ.