ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން ފެބްރުއަރީ މަހު ކައުންސިލުން ބާއްވާ ޖަލްސާގެ އެޖެންޑާ (ފެބްރުއަރީ 2025)

ޖަލްސާ ނަންބަރު 01
އެޖެންޑާ ނަންބަރު
ތާރީޚް 24 ޖުލައި 2025
ވަގުތު 13:30
ތަން މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ހާޒިރީ
ހާޒިރީން ނުފެނުން

އެޖެންޑާ

އިޢުލާން 

ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން ފެބްރުއަރީ މަހު ކައުންސިލުން ބާއްވާ ބައްދަލުވުމާއިގުޅޭ!

 ލާމަރުކަޒީ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކައުންސިލުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން ފެބްރުއަރީ މަހުގެ ތެރޭގައިބާއްވާ ބައްދަލުވުން 24 ފެބްރުއަރީ 2025 ވަނަ ދުވަހު 13:30 ގައި ށ.ފޭދޫ ޕްރީ ސްކޫލްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި 2024 ވަނަ އަހަރުގެ ކައުންސިލްގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް ހުށަހެޅުން އޮންނާނެއެވެ. 

މި ރިޕޯޓްތަށް  ކައުންސިލްގެ ވެބްސައިޓް www.feydhoo.gov.mv އާއްމުކުރެވިފައިވާ ވާހަކަވެސް ދަންނަވަމެވެ. އަދި މީގެ އިތުރުން 2025 ވަނަ އަހަރަށް ކައުންސިލުން ކުރަން ރާވާފައިވާ މަސައްކަތްތަށްވެސް ރައްޔިތުންނާއި ހިއްސާކުރެވޭނެއެވެ. އެހެންކަމުން މި ބައްދަލުވުމަށް ށ.ފޭދޫގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ. 

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. 

ޙުލާސާ

- މިބައްދަލުވުމުގައި 2024 ވަނަ އަހަރުގެ ކައުންސިލްގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް ހުށަހެޅުއްވިއެވެ. އަދި މީގެ އިތުރުން 2025 ވަނަ އަހަރުގެ ފާއިތުވި 2 މަސްދުވަހު ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލާއި 2025 ވަނަ އަހަރަށް ކައުންސިލުން ކުރަން ރާވާފައިވާ މަސައްކަތްތަކާ، 2021- 2026 ވަނަ އަހަރަށް އެކުލަވާލެވުނު ތަރައްޤީޕްލޭން ރިވިއުކޮށް ގެނެވިފައިވާ ބަދަލުތަށް ފާސްކުރުމަށްފަހު ރައްޔިތުންނާއި ހިއްސާކުރެވުނެވެ.

ނިންމުންތައް