
ށ. ފޭދޫ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރައްވައިފި
ށ. ފޭދޫ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރައްވައިފި އެވެ.
މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ށ. ފޭދޫ ކައުންސިލްގެ ރައީސްއާއި، މެންބަރުންވަނީ ހުވާކޮށްފަ އެވެ.
ކައުންސިލަރުން ހުވާކުރުމުގެ އިތުރުން އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިޤުރާރުވެ މަގާމުގެ ލިޔުން ހަވާލު ކުރުން ވެސް މިއަދު އޮތެވެ.
އާންމުންނަށް ނުވަދެވޭނެހެން، އެޗްޕީއޭގެ އުސޫލުތަކާއެއްގޮތަށް ކައުންސިލަރުން އެއް ތަނަކަށް ހާޒިރުވެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ށ. ފޭދޫ ރަށްވެހިގޭގައެވެ. ކައުންސިލަރުންނަށް ހުވާލައިދެއްވީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަލްއުސްތާޛް އަޙްމަދު ޒިޔާދުއެވެ.
މި ރަސްމިއްޔާތު ށ. ފޭދޫ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުންވަނީ ލައިވްކޮށްފައެވެ.
# ގުޅުންހުރި ޚަބަރުތައް
ގުޅުންހުރި ޚަބަރެއް ނެތް