ށ. ފޭދޫ ކައުންސިލްގެ 05 ވަނަ ދައުރަށް އިންތިޚާބުވި ރައީސް އަދި މެންބަރުން މަޤާމުގެ ހުވާކުރައްވައިފިއެވެ. މެއި 17 ވަނަ ދުވަހު ހެނދުނު 9:00 ގައި ށ. ފޭދޫ ޕްރީސްކޫލްގައި ބޭއްވުނު މި ރަސްމިއްޔާތުގައި، އައު ދައުރުގެ ކައުންސިލަރުންނަށް ހުވައި ލައިދެއްވީ ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ޒިޔާދެވެ. މި ރަސްމިއްޔާތުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވިއެވެ.
ށ. ފޭދޫ ކައުންސިލްގެ 05 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރައްވައިފި
އާޢިސަތު ސުމޭހާ
17 މޭ 2026