މަހޯލި
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާއްމު ކުރާ މަޢުލޫމާތު
ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހޯދައި ލިބިގަތުމަކީ، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 1/2014) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އެކަމަށް އެދޭ ކޮންމެ މީހަކަށްމެ، ލިބިގެންވާ އަދި ތަންފީޒު ކުރެވޭނެ ޤާނޫނީ ޙައްޤެކެވެ. ޤާނޫނު ނަންބަރު 1/2014 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަންޖެހޭ މަޢުލޫމާތު މިސަފްޙާގައި ހިމެނިފައިވާނެއެވެ.
މައުލޫމާތަށް އެދި ހުށަހެޅުން
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން މައުލޫމާތު ހޯއްދެވުމަށް އެދޭ ފޯމު މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދޭ ފޯމް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މައުލޫމާތު ހޯދަން އެދޭ ފޯމް މެދުވެރިކޮށްވެސް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުއްވޭނެއެވެ
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން މައުލޫމާތު ހޯއްދެވުމަށް ހުށަހަޅަން ޖެހޭ ފޯމް ޑައުންލޯޑް ކުރެއްވޭނެ ލިންކް ތިރީގައި އެވަނީއެވެ
އިންފޮމޭޝަން އޮފިސަރ
ޤާނޫނު ނަންބަރު 2014/01 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ސ.ކައުންސިލް އޮފިސަރ ސައުދުﷲ އިބްރާހީމްއެވެ. އިންފޮމޭޝަން އޮފިސަރަކީ ޢާންމު ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ މައްސަލަތަކަށް ޖަވާބު ދާރީވުމަށް އެ އިދާރާއަކުން ކަނޑައަޅާފައި ހުންނަ ފަރާތެވެ.
ށ. ފޭދޫ ކައުންސިލް އިދާރާގެ މުރާޖަޢާ ކޮމިޓީ
މުރާޖައާ ކޮމިޓީއަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ޢައްޔަން ކޮށްފައިވާ، އެ އިދާރާއެއްގެ ނުވަތަ އެ މުވައްސަސާއެއްގެ އިންފޮމޭޝަން އޮފިސަރަކު، މަޢުލޫމާތު ދިނުމަށް އިންކާރު ކުރުން ނުވަތަ ދެއްވި މަޢުލޫމާތު ފުރިހަމަނުވުން ނުވަތަ މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ނުދިނުން ފަދަ ކަންކަން ދިމާވުމުން ޝަކުވާ ހުށަހަޅަން އޮންނަ ކޮމިޓީއެކެވެ. ކޮމެޓީގެ މެމްބަރުންގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ފެނިލައްވާނެއެވެ.
އިދާރާއިން ގެންގުޅޭ ބަލަހައްޓާ މަޢުލޫމާތާއި، ލިޔެކިޔުންތައް ބެލެހެއްޓޭ ގޮތުގެ ތަފްޞީލު
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާއިން އާއްމުމިއިދާރާއަށް ލިބޭ ލިޔުންތައް އެންޓްރީކޮށް ޖެމްސް މެދުވެރިކޮށް ބަލަހައްޓަމުން ގެންދެއެވެ. މިފަދައިން އެންޓަރ ކުރާކޮންމެ ލިޔުމެއްގައި އެންޓްރީ ސްޓޭމްޕާއި އެކު ހިމެނެންޖެހޭ މައުލޫމާތުތައް ފުރިހަމަކުރާނެއެވެ. މިގޮތުން ލިޔުން ބަލައިގަތް މުވައްޒަފުގެ ނަމާއި ސޮއި، ބަލައިގަތް ގަޑި އާއި ތާރީހް އަދި ލިބެންވީ ސެކްޝަން ފެންނަން ހުންނާނެއެވެ. ކުރާ މައިގަނޑު ލިޔުންތައް ތިރީގައިބަޔާންކޮށްފައި މިވަނީއެވެ.
މިއިދާރާގެ މަސައްކަތްތަކުގެ ތެރެއިން އުފެދޭ އަދި އުފައްދާ މައުލޫމާތުތައް އެކަމާބެހޭ ސެކްޝަނެއްގައި ރިކޯޑްކޮށް ބަލަހައްޓަމުން ގެންދެއެވެ. މިފަދައިން ލިޔުންތައް ކަރުދާހުގައާއި އިލެކްޓްރޯނިކްކޮށް، ފައިލް ސަރވަރތަކުގައާއި ޖެމްސް، ވިޔަ، އަދި ލޯމާފާނު ސިސްޓަމްގައި ބަލަހައްޓާ ރައްކާކުރެވިގެންދެއެވެ.
ކައުންސިލްގެ ނިންމުންތަކާއި ޤަރާރުތައްކައުންސިލްގެ ޖަލްސާގެ ޔަޢުމިއްޔާތައްކައުންސިލުން ފާސްކުރާ އުޞޫލުތަކާއި ޤަވާއިދުތައްކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓްކައުންސިލްގެ 6 މަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓްކައުންސިލްގެ އާމްދަނީއާއި ޚަރަދުގެ މަޢުލޫމާތުކައުންސިލްގެ އިދާރާއަށް ހޯދޭ މުދަލާއި ޚިދުމަތްތަކުގެ މަޢުލޫމާތުކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކާއި ގުޅޭ މަޢުލޫމާތުކައުންސިލުން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތާއި ޚިދުމަތްތަކާއި ގުޅޭ ތަފްސީލް ތިރީގައިއެވަނީއެވެ.
އެހެނިހެން ލިންކްތައް
ކައުންސިލަރުންނާއި މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސް
ކައުންސިލްގެ މަސައްކަތު ތާވަލު
ޢާމްދަނީ އާއި ޚަރަދުގެ ތަފްޞީލު
ކައުންސިލްގެ ރައީސްގެ މަސްޢޫލިއްޔަތާއި ބާރުތައް
އިދާރީ އިސް މުވައްޒަފުންގެ މަސްޢޫލިއްޔަތާއި ވާޖިބުތައް
ލިބިފައިވާ ޝަކުވާތަކުގެ ތަފްޞީލު
ށ. ފޭދޫ ކައުންސިލް އިދާރާގެ މުރާޖަޢާ ކޮމިޓީއިދާރާއިން ނިންމާ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ ނުވަތަ ގޮތާއި ޒިންމާ އުފުލުމަށް އޮންނަ ހަމަތަކާއި ބެލެހެއްޓުމާއި ޒިންމާދާރުކުރުވުން ރޭވިފައިވާ ގޮތް
އިދާރީ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން މައިސަރުކާރާއި ހިއްސާކުރުމާއި ކައުންސިލްތަކުގެ ފެންވަރުގައި ކުރެވެންހުރި ކަންކަމަށް ބޭނުންވާ ބަޖެޓް ހިމެނުމާއި ބޭނުންވާ ވަސީލަތްތައް ހޯދައި، އެކަމާއި ގުޅޭޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްކުރުން
މިކައުންސިލްގެ އިދާރާއާއި ރަށުކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ދަނެގަނެ، އެކަންކަމަށް ބަޖެޓް ހިމެނުމާއި ބޭނުންވާ ވަސީލަތްތައް ބޭނުންވާ މިންވަރަށް ފޯރުކޮށްދިނުމަށްޓަކައި އެކަމާ ބެހޭ ދިރާސާކޮށް ޕްލޭންކުރުމުގެ މަސައްކަތްތައް ކުރުން
ސެކްޝަންތަކަށް ބޭނުންވާ އިދާރީ ކަންކަމުގެ ރިކުއެސްޓް ލިބުމާއެކު އެކަމާ ގުޅޭ ސެކްޝަންތަކުން އެދިފައިވާ ހިދުމަތް ދިނުމުގެ މަސައްކަތްކުރިއަށް ގެންދިއުން
ހިދުމަތްތައް ފޯރުކޮށްދިނުމަށްފަހު އެކަން ފުރިހަމަވެފައިވާ މިންވަރު ބަލައި، އެކަށީގެންވާ ފިޔަވަޅުތައް އެޅުން
އިދާރާއިން ޢަމަލުކުރާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި ތަބާވާ ހަމަތައް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު
ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު
ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާ ގޮތަށް ނިންމާފައިވާ ނިންމުންތަކާއި، އެ ނިންމުންތައް ނިންމާފައިވާ ސަބަބުތަކާއި އެ ނިންމުންތަކުން ދޭހަވާ މާނަކުރުންތަކާއި، އެކަމާ ގުޅޭ ފަސްމަންޒަރު އަންގައިދޭ ތަފްސީލް
ކައުންސިލްގެ ޖަލްސާތަކުގެ އެޖެންޑާ، ނިންމުންތައް އަދި ޔަޢުމިއްޔާތައް
ސިޔާސަތު، އުޞޫލު އަދި ޤަވާއިދުތައް
ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޢަމަލުކުރާ ޤާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި އުޞޫލުތަކާއި އަދި ހަމަތައް
ސިޔާސަތު, ޤަވާއިދު އަދި އުސޫލުތައް
ކައުންސިލްގެ މަސައްކަތް ކުރުމުގައި ތަބާވާ ހަމަތައް
ކައުންސިލުން ހިންގާ ކަންކަމާ ގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުށަހަޅައި ސިޔާސަތަށް ފާޑުކިޔައި، ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންނަށް ބާރު ފޯރުވޭނެ ގޮތް
މިކައުންސިލުން ކުރާ މަސައްކަތްތަކާއި، ދޭ ޚިދުމަތްތަކުގެ ތެރެއިން ޤާނޫނުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމާ ބެހޭ ގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. ހިޔާލު ހުށަހެޅުމަށް އަމަލުކުރާނެ ގޮތް؛
ސިޓީ (މިލަދުންމަޑުލު އުތުތުބުރީ ފޭދޫ ކައުންސިލްގެ އިދާރާ)
އީމެއިލް: info@feydhoo.gov.mv