ރަށުގެ ތަރައްޤީއަށް މިއަހަރު ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމައް ސަރުކާރުގެ މުވައްސަސާތަކާއި ބައްދަލުކުރުމަށް ކައުންސިލުން ކުރާދަތުރުގައި އެމް.ޓީ.ސީ.ސީ އާއި އެކު ބޭއްވުނު ބައްދަލުވުމުގައި ރަށުގެ ބަނދަރުގެ އެއްގަމު ތޮށި އަދި ބޭރު ހިލަތޮށިއަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް އަދި ބަނދަރަށް ވެލިވަދެ ބަނދަރު ތިލަވާތީވެ އެ މައްސަލަ ހައްލުކޮއްދިނުމަށާއި ސްކޫލް ކްލާސްރޫމް އާއި ހޯލްގެ މަސައްކަތް އަވަސްކުރުމަށާއި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި އަދި މޫދަށް އެރޭ ސަރަހައްދުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކުރެވުނެވެ.
ކައުންސިލުން މިއަދު އެމް ޓީ ސީސީ އާއި ބައްދަލުކޮށްފި
އާޢިސަތު ސުމޭހާ
21 ޖުލައި 2026