އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ކައުންސިލަރުން ބައްދަލު ކޮށްފި

އެޑްމިން
އެޑްމިން

ށ. ފޭދޫ ކައުންސިލުން އިސްނަގައިގެން، ށ. ފޭދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކޮށްފިއެވެ.

މި ބައްދަލުކުރުމަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކައުންސިލާއިއެކު ބޭއްވުނު ބައްދަލުވުމެކެވެ.

އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ވިސްނުން ހުރިގޮތް ކައުންސިލަރުން އޮޅުންފިލުވާ، ކުރިޔަށް ރޭވިދާނެ ކަންކަމާއި ގުޅޭ ގޮތުން ދެފަރާތުން މަޝްވަރާކުރެވުނެވެ. އަދި ރަށުގެ ތަރައްޤީގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ބައިވެރިވެވިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން ދެފަރާތުން ޚިޔާލުބަދަލުކޮށް މަޝްވަރާކުރެވުނެވެ.

# ގުޅުންހުރި ޚަބަރުތައް

ގުޅުންހުރި ޚަބަރެއް ނެތް