ރަށަށް ބޭނުންވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި އަދި ރަށަށް މިވަގުތަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ބެހޭގޮތުން ކައުންސިލުން ސަރުކާރުގެ މުއައްސަސާތަކާއިއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިއަދުވަނީ ޕްލޭނިންގް މިނިސްޓްރީއާއި ބައްދަލުކޮށް ބަނދަރު އަޕްގްރޭޑް މަސައްކަތުގެ ތެރެއިން ބަނދަރު ފުޅާކުރުމާއި ރަށުގެ ހުޅަނގުކޮޅުން ގިރާސަރަހައްދު ހިމާޔަތްކޮށް މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް 2022ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމް ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ކައުންސިލުން މިއަދު ޕްލޭނިންގ މިނިސްޓްރީއާއި ބައްދަލުކޮށްފި
އެޑްމިން
28 ސެޕްޓެންބަރު 2021