އެލްޖީއޭގެ ފަރާތުން ކައުންސިލްގެ މަސައްކަތްތައް މޮނިޓަރ ކުރުން

އެލްޖީއޭގެ ފަރާތުން ކައުންސިލްގެ މަސައްކަތްތައް މޮނިޓަރ ކުރުން

އެޑްމިން
އެޑްމިން 27 ޖަނަވަރީ 2022

އެލްޖީއޭގެ ފަރާތުން ކައުންސިލްގެ މަސައްކަތްތައް މޮނިޓަރކުރުން 24 ޖަނަވަރީ 2022 ން 26 ޖަނަވަރީ 2022 ގެ ނިޔަލަށްވަނީ ކުރިއަށް ގެންގޮސްފައެވެ. މި މޮނިޓަރިން ދަތުރުގައި އެލްޖީއޭގެ 3 މުވައްޒަފުންގެ ޓީމެއްވަނީ މިރަށަށް ވަޑައިގެން، 2021ވަނަ އަހަރު ކައުންސިލްގެ އިދާރީ މަސައްކަތްތައް ކޮށްފައިވަނީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތަށްތޯ ބަލާ، ރަނގަޅުކުރަންހުރި ކަންތައްތަކާއިބެހޭ މަޢުލޫމާތު ދީފައެވެ. މީގެ އިތުރުން އ.ތ.މ ކޮމިޓީގެ މަސައްކަތްތައްވެސް މޮނިޓަރކޮށް ރަނގަޅުކުރަންހުރި ކަންތައްތަކުގެ މަޢުލޫމާތު ދެވިފައިވެއެވެ. އަދި ވިޔަ މޮޑިއުލްގެ ޓްރޭނިންގ ސެޝަންއެއް ކައުންސިލުގެ މުވައްޒަފުންނަށާއި އތމ ކޮމެޓީއަށް ނަގާދީފައިވެއެވެ.

# ގުޅުންހުރި ލިޔުންތައް

No related posts found.

© 2025 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ