މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 260 ވަނަ އާންމު ޖަލްސާގެ އެޖެންޑާ

ޖަލްސާ ނަންބަރު 260
އެޖެންޑާ ނަންބަރު 274/2026/23
ތާރީޚް 31 މާރިޗު 2026
ވަގުތު 10:00
ތަން މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ހާޒިރީ
އަޙްމަދު ރައިސަމް
ޢަހްމަދު ސުނީލް
ހަމްދޫން އާދަމް
އާއިޝަތު ޝިމްލާ
އާއިޝަތު މަޙްމޫދު

އެޖެންޑާ

1. އިދާރީ މައްސަލަތައް : 

1.1 ކައުންސިލްގެ 4 ވަނަ ދައުރުގެ 259 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

2. ސަރުކާރުން ހުށަހަޅުއްވާ ކަންކަން:

3. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހަޅުއްވާ ކަންކަން:     

4. ކައުންސިލް އިދާރާއިން ހުށަހަޅުއްވާ ކަންކަން:

4.1 2025 ވަނަ އަހަރު ކައުންސިލުން ށ.ފޭދޫ ސްކޫލަށް ހަދިޔާކުރި އޭސީއާއި އޭސީކުރުމަށް ބޭނުންވާ ސާމާނު އަލުން އަނބުރާ ކައުންސިލާއި ހަވާލުކުރުމަށް ހަމަޖެހިފައިވާތީ، މިތަކެއްޗާއިމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ މައްސަލަ

4.2 ކައުންސިލުން ށ.ފޭދޫ، މާފޮޅޭގެ/ މުޙައްމަދު ރަސާދުއަށް ކުއްޔަށް ދޫކޮށްފައިވާ ތެޔޮބިން އެފަރާތުން " ދަ ހޯކްސް" ކުންފުންޏަށް ވިއްކާލުމާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ

4.3 ބަނދަރު ސަރަހައްދުގައި ހަދާފައިވާ ކުޑަކުދިންގެ ޕާކުގައި އަލިފާން ރޯކޮއްލައި އެތަން ބޭނުން ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މި މައްސަލައާއިމެދު އަމަލުކުރާނެ ގޮތެއް ނިންމުމުގެ މައްސަލަ

5. ކައުންސިލަރުން ހުށަހަޅުއްވާ ކަންކަން:

6. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން: 

 ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިޔައްގެންދާނީއެވެ.

ޙުލާސާ

6.1  2025 ވަނަ އަހަރު ކައުންސިލުން ށ.ފޭދޫ ސްކޫލަށް ހަދިޔާކުރި އޭސީއާއި އޭސީކުރުމަށް ބޭނުންވާ ސާމާނު އަލުން އަނބުރާ ކައުންސިލާއި ހަވާލުކުރުމަށް ހަމަޖެހިފައިވާތީ، މިތަކެއްޗާއި ހަވާލުވެ، ކައުންސިލްގެ އެކިއެކި ކަންކަމަށް ބޭނުންކުރުމަށް ނިންމާ ފާސްކުރެވުނެވެ. 

6.2  ކައުންސިލުން ށ.ފޭދޫ، މާފޮޅޭގެ/ މުޙައްމަދު ރަސާދުއަށް (AGR)274/INDIV/2016/5 ނަންބަރު އެގްރީމެންޓުގެ ދަށުން ދޫކޮށްފައިވާ ތެޔޮބިމުގައި ކުރެވިފައިވާ އިންވެސްޓްމަންޓް " ދަ ހޯކްސް" ކުންފުންޏަށް ވިއްކާލުމަށް ބިން ކުއްޔަށް ހިފި ފަރާތުން އެދިފައިވާތީ ބިމުގައި ކުރެވިފައިވާ އިންވެސްޓްމެންޓް ވިއްކާލުމުގެ ހުއްދަ ދިނުމަށް ނިންމާފާސްކުރެވުނެވެ.

6.3  ބަނދަރު ސަރަހައްދުގައި ހަދާފައިވާ ކުޑަކުދިންގެ ޕާކުގައި އަލިފާން ރޯކޮއްލި މައްސަލައަކީ ށ.ފޭދޫ ޕޮލިހުން ތަހުޤީގުކުރަމުންދާ މައްސަލައަކަށްވާތީ، ކައުންސިލުން މިމައްސަލައަށް ވަކިގޮތެއް ނުނިންމުމަށް ފާސްކުރެވުނެވެ.

ނިންމުންތައް

6.1  2025 ވަނަ އަހަރު ކައުންސިލުން ށ.ފޭދޫ ސްކޫލަށް ހަދިޔާކުރި އޭސީއާއި އޭސީކުރުމަށް ބޭނުންވާ ސާމާނު އަލުން އަނބުރާ ކައުންސިލާއި ހަވާލުކުރުމަށް ހަމަޖެހިފައިވާތީ، މިތަކެއްޗާއި ހަވާލުވެ، ކައުންސިލްގެ އެކިއެކި ކަންކަމަށް ބޭނުންކުރުމަށް ނިންމާ ފާސްކުރަމެވެ. 

6.2  ކައުންސިލުން ށ.ފޭދޫ، މާފޮޅޭގެ/ މުޙައްމަދު ރަސާދުއަށް (AGR)274/INDIV/2016/5 ނަންބަރު އެގްރީމެންޓުގެ ދަށުން ދޫކޮށްފައިވާ ތެޔޮބިމުގައި ކުރެވިފައިވާ އިންވެސްޓްމަންޓް " ދަ ހޯކްސް" ކުންފުންޏަށް ވިއްކާލުމަށް ބިން ކުއްޔަށް ހިފި ފަރާތުން އެދިފައިވާތީ ބިމުގައި ކުރެވިފައިވާ އިންވެސްޓްމެންޓް ވިއްކާލުމުގެ ހުއްދަ ދިނުމަށް ނިންމާފާސްކުރަމެވެ.

6.3  ބަނދަރު ސަރަހައްދުގައި ހަދާފައިވާ ކުޑަކުދިންގެ ޕާކުގައި އަލިފާން ރޯކޮއްލި މައްސަލައަކީ ށ.ފޭދޫ ޕޮލިހުން ތަހުޤީގުކުރަމުންދާ މައްސަލައަކަށްވާތީ، ކައުންސިލުން މިމައްސަލައަށް ވަކިގޮތެއް ނުނިންމުމަށް ފާސްކުރަމެވެ. 

© 2026 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ