މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ 20 ވަނަ އާންމު ޖަލްސާގެ އެޖެންޑާ
އެޖެންޑާ
1. އިދާރީ މައްސަލަތައް :
1.1 ކައުންސިލްގެ ފަސްވަނަ ދައުރުގެ 19 އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
2. ސަރުކާރުން ހުށަހަޅުއްވާ ކަންކަން:
3. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހަޅުއްވާ ކަންކަން:
4. ކައުންސިލް އިދާރާއިން ހުށަހަޅުއްވާ ކަންކަން:
4.1 ހޭންޑުބޯލް މުބާރާތް ދާއިރާގެ ރަށްތަކަށް ހުޅުވާލުމަށް މަޝްވަރާކުރުން
4.2 ށ.ފޭދޫ ހޭންޑުބޯލް ޓީމް ހުށަހެޅި ޕްރޮޕޯސަލްއަށް މަޝްވަރާކުރުން
4.3 ކައުންސިލްގެ ރައީސަށް 12 ދުވަހުގެ އަހަރީ ޗުއްޓީ ދިނުމުގެ މައްސަލަ
5. ކައުންސިލަރުން ހުށަހަޅުއްވާ ކަންކަން:
6. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން:
ޙުލާސާ
މި ޖަލްސާަގައި ހޭންޑުބޯލް މުބާރާތް ދާއިރާގެ ރަށްތަކަށް ހުޅުވާލުމަށް މަޝްވަރާކޮށް، ދާއިރާގެ ނޫމަރާ، ގޮއިދޫ، ބިލެއްފަހި މި 3 ރަށުގެ ކައުންސިލްތަކަށް ށ.ފޭދޫ ކައުންސިލް ކަޕް 2026 ގައި ބައިވެރިވުމުގެ ދައުވަތުދީ ސިޓީފޮނުވުމަށާއި މިރަށްތަކުން މިކަމަށް ޝައުޤުވެރިކަން ހުރިނެތްގޮތެއް މި ކައުންސިލަށް އަންގައިދިނުމަށްއެދި ސިޓީފޮނުމަށާއި ކައުންސިލްގެ އަޙްމަދު ސުނީލު އެދިލައްވާފައިވާ ގޮތަށް 12 ދުވަހުގެ އަހަރީ ޗުއްޓީ ދިނުމަށް ނިންމުނެވެ.
ނިންމުންތައް
ދާއިރާގެ ނޫމަރާ، ގޮއިދޫ، ބިލެއްފަހި މި 3 ރަށުގެ ކައުންސިލްތަކަށް ށ.ފޭދޫ ކައުންސިލް ކަޕް 2026 ގައި ބައިވެރިވުމުގެ ދައުވަތުދީ ސިޓީފޮނުވުމަށާއި މިރަށްތަކުން މިކަމަށް ޝައުޤުވެރިކަން ހުރިނެތްގޮތެއް މި ކައުންސިލަށް އަންގައިދިނުމަށްއެދި ސިޓީފޮނުމަށް ނިންމާފަސްކުރަމެވެ.
ކައުންސިލްގެ އަޙްމަދު ސުނީލު އެދިލައްވާފައިވާ ގޮތަށް 12 ދުވަހުގެ އަހަރީ ޗުއްޓީ ދިނުމަށް ނިންމާ ފާސްކުރަމެވެ.
ށ.ފޭދޫ ކައުންސިލްގެ އިދާރާ
ފިނިވާމަގު، ށ.ފޭދޫ
© 2026 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ