މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ 21 ވަނަ އާންމު ޖަލްސާ

ޖަލްސާ ނަންބަރު 21
އެޖެންޑާ ނަންބަރު (MTG)274/274/2026/75
ތާރީޚް 10 ސެޕްޓެންބަރު 2026
ވަގުތު 10:00
ތަން ިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ހާޒިރީ
ޙަމްދޫން އާދަމް
ފާޠިމަތު ސުނީތާ

އެޖެންޑާ

1. އިދާރީ މައްސަލަތައް : 

1.1  ކައުންސިލްގެ ފަސްވަނަ ދައުރުގެ 20 އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

2. ސަރުކާރުން ހުށަހަޅުއްވާ ކަންކަން: 

3. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހަޅުއްވާ ކަންކަން:     

  4. ކައުންސިލް އިދާރާއިން ހުށަހަޅުއްވާ ކަންކަން:

 4.1 2026 ސެޕްޓެމްބަރ މަހުގެ ހަރަދުތައް ހަމަޖެއްސުމަށް ބަޖެޓް ކޮންޓްރޯލް ހެދުމުގެ މައްސަލަ

4.2 ކައުންސިލް އިދާރާއިން ބޭނުންކޮށް ނަގާފައިވާ ތަކެތި ނީލަން ކިޔުމަށް ލިސްޓް ފާސްކުރުމުގެ މައްސަލަ

4.3 ށ.ފޭދޫ ކުޑަކުރިންގެ ޕާކު ކުނިކަހާ ސާފުކުރުމަށް ކަނޑައަޅާފައިވާ އަގު ރިވިއު ކުރުމުގެ މައްސަލަ

5. ކައުންސިލަރުން ހުށަހަޅުއްވާ ކަންކަން:

6. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން: 

ޙުލާސާ

  2026 ސެޕްޓެމްބަރ މަހުގެ ޚަރަދުތައް ހަމަޖެއްސުމަށް ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ބަޖެޓް ކޮންޓްރޯލް ފާސްކުރުމަށާއި ށ.ފޭދޫ ކައުންސިލް އިދާރާއިން ބޭނުންކޮށް ނަގާފައިވާ ތަކެތި ނީލަން ކިޔުމަށް ކަނޑައަޅާފައިވާ ލިސްޓް ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށާއި ށ.ފޭދޫ ކުޑަކުރިންގެ ޕާކު ކުނިކަހާ ސާފުކުރުމަށް ކަނޑައަޅާފައިވާ އަގު ކައުންސިލް މެމްބަރ ފާޠިމަތު ސުނީތާ ހުށަހެޅި ގޮތަށް މަހަކު -/5000 (ފަސްހާސް ރުފިޔާ)އަށް ބޮޑުކުރުމަށް ނިންމުނެވެ. 

ނިންމުންތައް

2026 ސެޕްޓެމްބަރ މަހުގެ ޚަރަދުތައް ހަމަޖެއްސުމަށް ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ބަޖެޓް ކޮންޓްރޯލް ފާސްކުރުމަށް ނިންމަމެވެ.

ށ.ފޭދޫ ކައުންސިލް އިދާރާއިން ބޭނުންކޮށް ނަގާފައިވާ ތަކެތި ނީލަން ކިޔުމަށް ކަނޑައަޅާފައިވާ ލިސްޓް ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ނިންމަމެވެ.

ށ.ފޭދޫ ކުޑަކުރިންގެ ޕާކު ކުނިކަހާ ސާފުކުރުމަށް ކަނޑައަޅާފައިވާ އަގު، ކައުންސިލް މެމްބަރ، ފާޠިމަތު ސުނީތާ ހުށަހެޅި ގޮތަށް މަހަކު  -/5000 (ފަސްހާސް ރުފިޔާ) ފާސްކުރުމަށް ނިންމަމެވެ.

© 2026 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ