މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ 22 ވަނަ އާންމު ޖަލްސާ
އެޖެންޑާ
1. އިދާރީ މައްސަލަތައް :
1.1 ކައުންސިލްގެ ފަސްވަނަ ދައުރުގެ 21 އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
2. ސަރުކާރުން ހުށަހަޅުއްވާ ކަންކަން:
3. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހަޅުއްވާ ކަންކަން:
4. ކައުންސިލް އިދާރާއިން ހުށަހަޅުއްވާ ކަންކަން:
4.1 ފިނިވާމަގު ނަރުދަމާ ސައިޓު ސަރަހައްދާއިއެކު ދޮރުނާމަގު މޫދަށް އެރޭ ސަރަހައްދާއި ދޮރުނާވެލި ބީޗް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ އަގު ރިވިއު ކުރުމުގެ މައްސަލަ
4.2 ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލުގެ 8 ވަނަ މާއްދާގެ (ނ) އިސްލާހު ކުރުމުގެ މައްސަލަ
5. ކައުންސިލަރުން ހުށަހަޅުއްވާ ކަންކަން:
6. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން:
ޙުލާސާ
ފިނިވާމަގު ނަރުދަމާ ސައިޓު ސަރަހައްދާއިއެކު ދޮރުނާމަގު މޫދަށް އެރޭ ސަރަހައްދާއި ދޮރުނާވެލި ބީޗް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ އަގު މަހަކު -/2500 ބޮޑުކުރާގޮތަށް ނިންމާ ފާސްކުރުމަށާއި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލުގެ 8 ވަނަ މާއްދާގެ (ނ) ކުނިއުކާލުމާއި، ކުނިނައްތާލުމުގެ ނިޒާމްގެ ދަށުން ޚިދުމަތް ހޯދާ ފަރާތްތަކުން ފާއިތުވިމަހުގެ ކުލި ހިނގާމަހުގެ 10 ވަނަ ދުވަހުގެ ކުރިން ށ.ފޭދޫ ކައުންސިލްގެ އިދާރާއަށް ދައްކަންވާނެވެ. އަދި މުއްދަތުގެ ފަހުން ފީ ދައްކާނަމަ ފީބަލައިގަނެވޭނީ ހިނގާމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިތުރަށް ހިނގާފައިވާ ދުވަސްތަކަށް 2ރ ގެ ޖޫރިމަނާއެއް ހިމަމައިގެންނެވެ. މިގޮތަށް މިމާއްދާ އިސްލާހުކުރުމަށް ނިންމާ ފާސްކުރެވުނެވެ.
ނިންމުންތައް
6.1 ފިނިވާމަގު ނަރުދަމާ ސައިޓު ސަރަހައްދާއިއެކު ދޮރުނާމަގު މޫދަށް އެރޭ ސަރަހައްދާއި ދޮރުނާވެލި ބީޗް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ އަގު މަހަކު -/2500 ބޮޑުކުރާގޮތަށް ނިންމާ ފާސްކުރަމެވެ.
6.2 ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލުގެ 8 ވަނަ މާއްދާގެ (ނ) ކުނިއުކާލުމާއި، ކުނިނައްތާލުމުގެ ނިޒާމްގެ ދަށުން ޚިދުމަތް ހޯދާ ފަރާތްތަކުން ފާއިތުވިމަހުގެ ކުލި ހިނގާމަހުގެ 10 ވަނަ ދުވަހުގެ ކުރިން ށ.ފޭދޫ ކައުންސިލްގެ އިދާރާއަށް ދައްކަންވާނެވެ. އަދި މުއްދަތުގެ ފަހުން ފީ ދައްކާނަމަ ފީބަލައިގަނެވޭނީ ހިނގާމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިތުރަށް ހިނގާފައިވާ ދުވަސްތަކަށް 2ރ ގެ ޖޫރިމަނާއެއް ހިމަމައިގެންނެވެ. މިގޮތަށް މިމާއްދާ އިސްލާހުކުރުމަށް ނިންމާ ފާސްކުރަމެވެ.
ށ.ފޭދޫ ކައުންސިލްގެ އިދާރާ
ފިނިވާމަގު، ށ.ފޭދޫ
© 2026 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ