އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ދެވަނަ ދައުރުގެ 14 ޖަލްސާ
އެޖެންޑާ
- އިދާރީ މައްސަލަތައް
1.1 އ.ތ.މ ކޮމެޓީގެ ފަސްވަނަ ދައުރުގެ 13 އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
2-އަންހެނުންގެ ކޮމިޓީން ހުށަހަޅުއްވާ ކަންކަން:
2.1 ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 12 ސެޕްޓެމްބަރ 2026 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގަސްއިންދުމުގެ ޕްރޮގްރާމުގައި ގަސް އިންދާނެ ސަރަހައްދު ކަނޑައެލުމުގެ މައްސަލަ
3. އަންހެނުންގެ ކޮމެޓީގެމެމްބަރުން ހުށަހަޅުއްވާ ކަންކަން:
4. ވޯޓަށް އަހާކަންކަމަށް ވޯޓަށް އެހުން:
ޙުލާސާ
ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 12 ސެޕްޓެމްބަރ 2026 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގަސްއިންދުމުގެ ޕްރޮގްރާމުގައި ގަސް އިންދާނެ ސަރަހައްދުތަކުގެ ގޮތުގައި މަޝްކަނޑާއާށިން ވަށާމަގުގެ ދެކުނަށްވާ ސަރަހައްދުގެ ހޭޅިފަށުގައާއި އާރޯމަގުގެ ހުޅަނގުކޮޅުން މަގުގެ ނިމޭހިސާބުގެ ދެކުނުފަރާތުގެ ހޭޅިއާއި މަރުކަޒުމަގުގެ ހުޅަނގުކޮޅުން މަގުގެ ނިމޭ ހިސާބުގައިވާ ހުސްބިން ކަނޑައަޅައި ފާސްކުރެވުނެވެ.
ނިންމުންތައް
ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 12 ސެޕްޓެމްބަރ 2026 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގަސްއިންދުމުގެ ޕްރޮގްރާމުގައި ގަސް އިންދާނެ ސަރަހައްދުތަކުގެ ގޮތުގައި މަޝްކަނޑާއާށިން ވަށާމަގުގެ ދެކުނަށްވާ ސަރަހައްދުގެ ހޭޅިފަށުގައާއި އާރޯމަގުގެ ހުޅަނގުކޮޅުން މަގުގެ ނިމޭހިސާބުގެ ދެކުނުފަރާތުގެ ހޭޅިއާއި މަރުކަޒުމަގުގެ ހުޅަނގުކޮޅުން މަގުގެ ނިމޭ ހިސާބުގައިވާ ހުސްބިން ކަނޑައަޅައި ފާސްކުރަމެވެ.
ށ.ފޭދޫ ކައުންސިލްގެ އިދާރާ
ފިނިވާމަގު، ށ.ފޭދޫ
© 2026 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ