ށ.ފޭދޫ ބަނދަރު އަޕްގްރޭޑިންގގެ މަސައްކަތް ފެށިއްޖެ

ށ.ފޭދޫ ބަނދަރު އަޕްގްރޭޑިންގގެ މަސައްކަތް ފެށިއްޖެއެވެ. މިމަސައްކަތް އެމްޓީސީސީއިން ފަށާފައިވަނީ 11 ޖަނަވަރީ 2021ވަނަ ދުވަހުއެވެ. މި މަޝްރޫޢުއަކީ 33.1 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މިމަޝްރޫޢުގެ ދަށުން 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 1380 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ.