ށ.ފޭދޫ ފުޓްސަލް ދަނޑު ހުޅުވައިފި

ށ.ފޭދޫ ފުޓްސަލް ދަނޑު ހުޅުވައިފިއެވެ. ފުޓްސަލް ދަނޑު ހުޅުވައިދެއްވީ 6 ފެބްރުއަރީ 2021ވަނަ ދުވަހު މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ށ.ފޭދޫ ކައުންސިލްގެ ރައީސްް މުހައްމަދު ޝާމިރުއާއި ށ.ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދެވެ. މި ރަސްމިއްޔާތުގައި ށ.ފޭޭދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާމިރު ދެއްކެވި ވާހަކަފުޅުގައި މިދަނޑު ތަރައްޤީކުރެވި ބޭނުންކުރަން ފެށުމަކީ ވަރަށް ގިނަ ދުވަސްތަކެއްގެ އުއްމީދެއް ފުރިހަމަވުން ކަމުގައި ވިދާޅުވިއެވެ. ފުޓްސަލް ދަނޑު ހުޅުވުމަށްފަހުު ށ.ގޮއިދޫ ޓީމާއި ށ.ފޭދޫ ޓީމް ބައްދަލުކުރި ފުޓްސަލް މެޗެއް ކުރިއަށް ގެންދިއައެވެ.