ކައުންސިލުން މިއަދު އެޑިޔުކޭޝަން މިނިސްޓްރީއާއި ބައްދަލުކޮށްފި

ރަށަށް ބޭނުންވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި އަދި ރަށަށް މިވަގުތަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ބެހޭގޮތުން ކައުންސިލުން ސަރުކާރުގެ މުއައްސަސާތަކާއިއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިއަދުވަނީ އެޑިޔުކޭޝަން މިނިސްޓްރީއާއި ބައްދަލުކޮށްފައެވެ. މި ބައްދަލު ކުރެއްވުމުގައި ސްކޫލަށް ބޭނުންވާ މިންވަރަށް ކްލާސްރޫމާއި ހޯލް އިމާރާތެއް ނެތުމާއި ސައިންސް ލެބު އަދި ލައިބްރަރީގެ ޢިމާރާތެއް ނެތުމުން ދިމާވާ ދަތިތައް ހިއްސާކޮށް 2022 ވަނަ އަހަރުގެ ބަޖެޓުގައި މިހާރު ހަމަނުޖެހި ހުރި ޢިމާރާތްތައް އިތުރުކުރުމަށް ހިމެނުމަށާއި ތަޢުލީމު ދިނުމުގައި ސްކޫލަށް ބޭނުންވާ ކަންތައްތަކާއި މަޝްވަރާކޮށްފައިވެއެވެ.