ކައުންސިލުން މިއަދު އިސްލާމިކް މިނިސްޓްރީއާއި ބައްދަލުކޮށްފި

ރަށަށް ބޭނުންވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި އަދި ރަށަށް މިވަގުތަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ބެހޭގޮތުން ކައުންސިލުން ސަރުކާރުގެ މުއައްސަސާތަކާއިއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން 26 ސެޕްޓެމްބަރ 2021ގައި ވަނީ އިސްލާމިކް މިނިސްޓަރާއި ބައްދަލުކޮށް މިސްކިތްތަކުގެ މަރާމާތާއި ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގުމުގައި މިނިސްޓްރީގެ އެހީތެރިކަން ހޯދުމުގެ އިތުރުން މިނިސްޓްރީއާއި ގުޅުންހުރި ރަށަށް ބޭނުންވާ ކަންތައްތަކާއި މަޝްވަރާކޮށްފައެވެ.