ކައުންސިލުން މިއަދު ހެލްތު މިނިސްޓްރީއާއި ބައްދަލުކޮށްފި
ރަށަށް ބޭނުންވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި އަދި ރަށަށް މިވަގުތަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ބެހޭގޮތުން ކައުންސިލުން ސަރުކާރުގެ މުއައްސަސާތަކާއިއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިއަދުވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމްއާއި ބައްދަލުކޮށްފައެވެ. މި ބައްދަލު ކުރެއްވުމުގައި ސިއްހީ މަރުކަޒުގެ ޖާގަ ބޮޑުކުރުމާއި، މަރުކަޒަށް ދިމާވެފައިވާ މުވައްޒަފުންނާއި ވަސީލަތްތަކުގެ ދަތިކަމާއި މީގެ އިތުރުންވެސް ސިއްހީ ދާއިރާއިން ރަށަށް ބޭނުންވާ ކަންތައްތަކާއި މަޝްވަރާކުރެވުނެވެ.