ކައުންސިލުން މިއަދު މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި ބައްދަލުކޮށްފި

ރަށަށް ބޭނުންވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި އަދި ރަށަށް މިވަގުތަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ބެހޭގޮތުން ކައުންސިލުން ސަރުކާރުގެ މުއައްސަސާތަކާއިއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިއަދުވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި ބައްދަލުކޮށް ރަށުގައި ފުލުހުންގެ ޚިދުމަތް ފެށުން އަވަސްކުރުމާއިގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމް ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ބައިވެރިވެވަޑައިގެންނެވިއެވެ.