އެލްޖީއޭގެ ފަރާތުން ކައުންސިލްގެ މަސައްކަތްތައް މޮނިޓަރ ކުރުން

އެލްޖީއޭގެ ފަރާތުން ކައުންސިލްގެ މަސައްކަތްތައް މޮނިޓަރކުރުން 24 ޖަނަވަރީ 2022 ން 26 ޖަނަވަރީ 2022 ގެ ނިޔަލަށްވަނީ ކުރިއަށް ގެންގޮސްފައެވެ. މި މޮނިޓަރިން ދަތުރުގައި އެލްޖީއޭގެ 3 މުވައްޒަފުންގެ ޓީމެއްވަނީ މިރަށަށް ވަޑައިގެން، 2021ވަނަ އަހަރު ކައުންސިލްގެ އިދާރީ މަސައްކަތްތައް ކޮށްފައިވަނީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތަށްތޯ ބަލާ، ރަނގަޅުކުރަންހުރި ކަންތައްތަކާއިބެހޭ މަޢުލޫމާތު ދީފައެވެ. މީގެ އިތުރުން އ.ތ.މ ކޮމިޓީގެ މަސައްކަތްތައްވެސް މޮނިޓަރކޮށް ރަނގަޅުކުރަންހުރި ކަންތައްތަކުގެ މަޢުލޫމާތު ދެވިފައިވެއެވެ. އަދި ވިޔަ މޮޑިއުލްގެ ޓްރޭނިންގ ސެޝަންއެއް ކައުންސިލުގެ މުވައްޒަފުންނަށާއި އތމ ކޮމެޓީއަށް ނަގާދީފައިވެއެވެ.