މަގުބައްތިޖެހުމަށް ކޯރުކޮނެ ކޭބަލް ވަޅުލުމާއިބެހޭ
މިރަށުގެ މަގުތަކުގައި ބައްތި ޖެހުމަށް ކޯރުކޮނެ ކޭބަލް ވަޅުލާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތްކޮށްދެވޭނެ އަގާއި މުއްދަތު 9 ނޮވެމްބަރ 2020ވަނަ ދުވަހުގެ 10:00އަށް މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް މިކައުންސިލްގެ ވެބްސައިޓް www.feydhoo.gov.mv އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަގާއިއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަގު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.
5 ނޮވެމްބަރ 2020
މަގުބައްތި ޖެހުމަށް ކޯރުކޮނުމާއި ކޭބަލް ވަޅުލުމުގެ މައުލޫމާތު ކަރުދާސް
1. ކޭބަލް ވަޅުލުން
-
- ކައުންސިލުންދޭ ޗާޓްގައި ކޭބަލް އެޅުމަށް ފާހަގަކުރެވިފައިވާ ސަރަހައްދު ތަކުގައި 2 ފޫޓް ފުންމިނަށް ކޯރު ކޮނެ ކޭބަލް ވަޅުލުމާއި، އާއްމުމިންގަޑާއި އެއްގޮތަށް ވޯނިންގ ޓޭޕް އެޅުމާއި ކޯރުތަކަށް ފަސްލާ ފަސްބާރުކޮށް އަދި ގާތައް ނަގާ ކަހާ ސާފުކޮށް އެފަދަ އެއްޗެއް ހުރިނަމަ އެ އެއްޗެއް އުކާލުން.
ނޯޓް
ކޭބަލް ވަޅުލުމުގެ މަސައްކަތްކުރާއިރު އަލަށް ކޭބަލް އަޅާ ސަރަހައްދުތަކުގައި ވަޅުލާފައިވާ ކަރަންޓް ކޭބަލް ނުވަތަ ޓިީވީ ކޭބަލް ނުވަތަ އެނޫންވެސް އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ އެ ކަމެއްގެ ޒިއްމާ މަސައްކަތްކުރާ ފަރާތުން ނަގަން ވާނެއެވެ.
05 ނޮވެމްބަރ 2020