ފުލުހުންގެ ޑިވިޝަން ކޮމާންޑަރު އަދި އަތޮޅު ކޮމާންޑަރު ށ.ފޭދޫ ކައުންސިލާއި އެކު ބައްދަލުވުމެއް ބާއްވައިފި

ފުލުހުންގެ ޑިވިޝަން ކޮމާންޑަރ އަދި އަތޮޅު ކޮމާންޑަރ ށ.ފޭދޫ ކައުންސިލާއިއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުން އޮތީ 8 ނޮވެމްބަރ 2020ގައި ށ.ފޭދޫ ކައުންސިލް އިދާރާގައެވެ. މި ބައްދަލުވުމުގައި ޑިވިޝަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އަދި އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ އިޖުލާލު ބައިވެރިވެލެއްވިއެވެ. މިބައްދަލުވުމުގައި ރަށުގައި ކުށް މަދުކުރުމަށް ހިންގިދާނެ އެކި އެކި ޕްރޮގްރާމްތަކާއި ބެހޭ ގޮތުންނާއި ފުލުހުން ރަށުގައި ޤާއިމުވެ ތިބުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.