ކައުންސިލުން މިއަދު ޔޫތު މިނިސްޓްރީއާއި ބައްދަލުކޮށްފި

ރަށަށް ބޭނުންވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި އަދި ރަށަށް މިވަގުތަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ބެހޭގޮތުން ކައުންސިލުން ސަރުކާރުގެ މުއައްސަސާތަކާއިއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިއަދުވަނީ ޔޫތް މިނިސްޓްރީ އާއި ބައްދަލުކޮށް ރަށުގައި ބޮޑު ފުޓްބޯޅަ ދަނޑަކާއި އައުޓްޑޯ ޖިމެއް ތަރައްޤީކުރުމުގެ އިތުރުން ކުޅިވަރު ދަނޑުތަކުގެ މަރާމާތާއި ގުޅުންހުރި މަޝްވަރާތައްކޮށްފައެވެ.