ރައްޔިތުންނާއި ބައްދަލުކުރުން 27 އޮކްޓޯބަރ 2020 ވަނަ ދުވަހު މެންދުރު 1:30ގައި
މި ފަހަކަށް އައިސް، ރަށުގައި ވަށްކަން ކުރުމާއި އަދި މަސްތުވާތަކެތި ބޭނުން ކުރުން އިތުރުވުމާއި ގުޅިގެން، ރަށުގެ ޢާއްމު މަސްލަހަތު ގެއްލި، މުޖުތަމަޢުގައި ބިރުވެރި ކަން އުފެދިގެން ހިނގައިދާނެ ކަމަށް ފެންނާތީ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލެއް ހޯދުމުގެ ގޮތުން، ރައްޔިތުންނާއި ބައްދަލު ކުރުމަށް ކައުންސިލުން ބޭނުންވާތީ، 27 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ މެނދުރު 1:30 އަށް ށ. ފޭދޫ ބޯޅަ ދަނޑުކަނުގައި ހުންނަ ހިޔާ ބޮޑު ހިރުނދުގަސްދޮށަށް ހާޒިރުވުމަށް ވީހާވެސް ގިނަ ރައްޔިތުންގެ ކިބައިން އެދިދެންނެވީމެވެ.