ށ.ފޭދޫ ނާރެސް އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކައުންސިލް އިދާރާގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި

ށ.ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ށ.ފޭދޫ ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. މިގޮތުން ކައުންސިލްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަވަނީ އަހްމަދު ސާމީއަށް ހަދިޔާކޮށްފައެވެ. މި އެހީއާއި ހަވާލުވެފައިވަނީ އަހްމަދު ސާމީގެ ބައްޕަ ރަޝާދު ސަޢީދުއެވެ. އަދި އެހީ ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރުއެވެ.