އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ A0,A1 ގެ C ޒޯން ލައިސަންސް ދޫކުރުން.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުދުއްވުމުގެ A1,A0 ގެ C ޒޯން ލައިސަންސް ނެގުމަށް ބާއްވާ އިމްތިހާނު މިރަށުގައި ބާއްވާގޮތައް ވަނީ ހަމަޖެހިފައެވެ.
ވީމާ ލައިސަންސް ނެގުމަށް ބޭނުންވާ މިރަށުގެ ރައްވެހިންގެ ތެރެއިން އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކުން އެއްގަމުގައި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސައް އެދޭފޯމް ފުރިހަމަކުރެއްވުމަށް ފަހު 15 ނޮވެެމްބަރ 2020 ވަނަދުވަހުގެ 12:00 ގެކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9191158 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ލައިސަންސައް އެދޭފޯމް މިއިދާރާގެ ކައުންޓަރުންނާއި www.feydhoo.gov.mv ވެބްސައިޓުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
ފީނެގުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ.
- ތިޔަރީ ޓެސްޓްގައި ބައިވެރިވުމުގެ ފީ (ބައިވެރިވާކޮންމެ ފަހަރަކު) 100.00
- ޕްރެކްޓިކަލް ޓެސްޓްގައި ބައިވެރިވުމުގެ ފީ (ބައިވެރިވާ ކޮންމެފަހަރަކު) 100.00
- ލައިސަންސް ފޮތުގެ އަގު 250.00
- ޚިދުމަތުގެ ފީ 100.00
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ނޮވެމްބަރ 2020