ށ. ފޭދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރަން މިއަދު ހަވާލުކޮށްފި

ށ. ފޭދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރަން މިއަދު ހަވާލުކޮށްފިއެވެ.

ށ. ފޭދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް ރަޝީދު ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.

ށ. ފޭދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ، 45،390،210.12 ރުފިޔާއެވެ.

މި މަޝްރޫޢުތަކުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • ސާރވޭކުރުން
  •  އީ.އައި.އޭ މަސައްކަތް
  •  ފެނާއި ނަރުދަމާ ނިޒާމް ފަރުމާ ކުރުން
  •  ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުން
  • އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް
  • ސީ އައުޓް ފޯލް އެޅުން
  •  އިދާރީ އޮފީސް ޤާއިމްކުރުން
  •  ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން

މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ 660 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢުތަކަކީ އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑު)އިން 77 އިންސައްތަ އަދި ދިވެހި ދައުލަތުގެ ބަޖެޓުން 23 އިންސައްތަ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ.