ކައުންސިލަށް އިންތިޚާބުވި މެންބަރުން، ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓާސްކް ފޯހާއި ބައްދަލު ކޮށްފި

ށ. ފޭދޫ ކައުންސިލުން އިސްނަގައިގެން، ރަށުގައި ހުރި މުއައްސަސާ ތަކާއި އަދި މުހިންމު ކަންކަމާއި ގުޅިގެން ބައްދަލު ކުރަމުންދާ ފަރާތްތަކާއިއެކު ބައްވަމުންދާ ބައްދަލު ވުންތަކުގެ ތެރެއިން، ށ. ފޭދޫގައި ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓާސްކްފޯސްއާއި ބައްދަލު ކޮށްފިއެވެ.

މިބައްދަލުވުމުގައި ޓާސްކްފޯސްގެ މަސައްކަތް ކުރިޔަށް ދާގޮތް އޮޅުންފިލުވާ، ޓާސްކް ފޯސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކުރެވުނެވެ.