ށ. ފޭދޫ ކައުންސިލުން ށ. ފޭދޫ އެސްޓީއޯ ބޭސް ފިހާރައަށް ޒިޔާރަތްކޮށްފި

ށ. ފޭދޫ ކައުންސިލުން އިސްނަގައިގެން، ރަށުގައި ހުރި މުއައްސަސާ ތަކާއި، ރަށުގައި ހުރި މައްސަލަތައް ހުރި ނެތްގޮތް ބެލުމުގެ ގޮތުން ކުރިޔަށް ގެންދާ މަސައްކަތުގެ ތެރެއިން، ށ. ފޭދޫ އެސްޓީއޯ ބޭސް ފިހާރާއަށް ޒިޔާރަތްކޮށް މުވައްޒަފުންނާއި ބައްދަލު ކޮށްފިއެވެ.

މި ޒިޔާރަތުގައި ބޭސްފިހާރައިގައި ހުރި ދަތިތައް އޮޅުންފިލުވާ ބޭސް ގެނައުމުގައި ދިމާވާ ދަތިތައް މުވައްޒަފުންގެ ކިބައިން އޮޅުންފިލުވާ، ކައުންސިލަށް އެހީތެރިކަން ދެވިދާނެ ކަންކަމާއިމެދު މަޝްވަރާ ކުރެވުނެވެ.