ހަކުރުބައްޔަށް ފަރުވާ ހޯދާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާއި ބެހޭ

ހަކުރުބައްޔަށް ފަރުވާ ހޯދާ މީހުން އިތުރުވުމާއި، ހަކުރުބަލި ހުންނަފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ނެޝަނަލް ޑޭޓާބޭސްއެއް ޤާއިމް ކުރުމުގެ މަސައްކަތް ނޭޝަނަލް ޑައެބެޓީސް ސެންޓަރުން ދަނީ ކުރަމުންނެވެ.

ވީމާ މިރަށުގައި ދިރިއުޅޭ ހަކުރުބައްޔަށް ފަރުވާ ހޯދާ ފަރާތްތަކުގެ ތެރެއިން ޑައެބެޓިކް ނޭޝަނަލް ޑޭޓާބޭސްގައި ނަން ހިމެނުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތްތަކުގެ މަޢުލޫމާތު ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 12 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މި އިދާރާއާށް ހުށަހެޅުއްވުން އެދެމެވެ.

 

  • މަޢުލޫމާތު ފޯމް މި އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓުން feydhoo.gov.mv ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

19 ރަބީޢުލްއައްވަލް 1442

05   ނޮވެމްބަރ  2020

މަޢުލޫމާތު ފޯމް: https://feydhoo.gov.mv/698