ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއްގައި ށ.ފޭދޫ ކައުންސިލުން ށ.ގޮއިދޫ ކައުންސިލަށް ޒިޔާރަތްކޮށްފި

ތަޖުރިބާ ހިއްސާކުރުުމުގެ ދަތުރެއްގައި ށ.ފޭދޫ ކައުންސިލުން ށ.ގޮއިދޫ ކައުންސިލަށް ޒިޔާރަތްކޮށްފިއެވެ. މިދަތުރަކީ ކައުންސިލްތަކުގެ މަސައްކަތްތައް ކުރާ ގޮތްތައް ދެނެގަނެ ކައުންސިލުންދޭ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް އެކިރަށްތަކަށް ކުރުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ކުރެވުނު ދަތުރެކެވެ.

މި ދަތުރުގައި ށ.ފޭދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާމިރުއާއި އިދާރީ މުވައްޒަފުން ބައިވެރިވެލެއްވިއެވެ. ތަޖުރިބާ ހިއްސާކުރުމުގެ މިދަތުރުގައި ށ.ގޮއިދޫ ކައުންސިލުންވަނީ އެކައުންސިލްގެ މަސައްކަތްތައް ރޭވިފައިވާގޮތްތަކާއި މަސައްކަތްތައް ކުރަމުންދާ ގޮތްތައް ށ.ފޭދޫ ކައުންސިލާއި ހިއްސާކޮށްފައެވެ. އަދި ގޮއިދޫ ކައުންސިލުން ފޭދޫ ކައުންސިލަށް ވަރަށް ފުރިހަމަ މަރުހަބާއެއް ކިޔައި މެހެމާންދާރީ އަދާކޮށްފައިވެއެވެ.