ށ.އަތޮޅު ކައުންސިލްގެ ފަރާތުން ށ.ފޭދޫ ކައުންސިލްގެ މަސައްކަތްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފި
ށ.އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން ށ.ފޭދޫ ކައުންސިލަށް ޒިޔާރަތްކޮށް ކައުންސިލްގެ މަސައްކަތްތައް މޮނިޓަރކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ. މިމަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 8 ޑިސެމްބަރ 2020ގައި އަތޮޅު ކައުންސިލްގެ ޓީމެއް ފޭދޫ ކައުންސިލަށް ޒިޔާރަތްކޮށްގެންނެވެ. މިމަސައްކަތުގައި 2019 އަދި 2020ވަނަ އަހަރު ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިހުރި ގޮތްތައް ބަލައި އަދި ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރާނޭގޮތްތަކާއި ބެހޭގޮތުން ލަފާދެއްވިއެވެ.