ފުޓްސަލް ދަނޑު ބޭނުންކުރުމުގެ އުސޫލަށް އިސްލާހް ގެނައުމުގެ ގޮތުން ފިރިހެން ބޭފުޅުންނާއި އެކު ހިޔާލު ހޯދުމަށް މަޝްވަރާ ކޮށްފި

ށ. ފޭދޫ ކައުންސިލުން އިސްނަގައިގެން، ފޭދޫ ފުޓްސަލް ދަނޑު ބެނުން ކުރުމުގެ އުޞޫލަށް ބަދަލު ގެނައުމުގެ ގޮތުން ރަށުގައި ތިބި ކުޅިވަރަށް ލޯބި ކުރާ ފިރިހެން ބޭފުޅުންނާއިއެކު މަޝްވަރާ ކޮށް ޚިޔާލު ބަދަލު ކުރުމުގެ ގޮތުން ބައްދަލު ކުރަށްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި ކައުންސިލު މެންބަރުންނާއި ފިރިހެނުންގެ ތެރެއިން ކުޅިވަރަށް ލޯބި ކުރާ، އަދި ފުޓުބޯޅައިގެ ކަންކަމުގައި އިސް ސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ބައިވެރި ވެފައިވެއެވެ.

އެގޮތުން ވަރަށް ގިނަ ޚިޔާލުތައް ލިބި މަޝްވަރާ ކުރެވުނެވެ.