ށ. ފޭދޫ ކައުންސިލްގެ ނައިބު ރައީސް އަކަށް އަޙްމަދު ސުނީލު އިންތިޚާބުކޮށްފި

ށ. ފޭދޫ ކައުންސިލްގެ ނައިބު ރައީސް ކަމަށް، ކައުންސިލް މެމްބަރު އަޙްމަދު ސުނީލު އިންތިޚާބުކޮށްފިއެވެ.

ށ. ފޭދޫ ކައުންސިލްގެ ނައިބު ރައީސް ކަމަށް ކުރިމަތި ލީ ކައުންސިލަރު އަޙްމަދު ސުނީލު އާއި ކައުންސިލަރު ޢާއިޝަތު މަޙްމޫދު އެވެ. ކައުންސިލްގެ ނައިބު ރައީސް ކަމަށް އަޙްމަދު ސުނީލު އިންތިޚާބުވީ ކައުންސިލްގެ ފުރަތަމަ ބައްދަލު ވުމުގައި ނެގުނު ސިއްރު ވޯޓުގައި އާއިޝަތު މަޙްމޫދު އާއި ވާދަކޮށް ކާމިޔާބު ކޮށްގެންނެވެ.

މި އަދު ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އާއި ނައިބު ރައީސާވެސް ހޮވާފައެވެ.

އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމަށް ޙާއްވާ ޝައުފާ ހޮވާފައި ވާއިރު ނައިބު ރައީސާ ކަމަށް ހޮވުނީ ސާމިޙާ އިދުރީސްއެވެ.