ކޮވިޑް-19 ސޯޝަލް ސަޕޯޓް ޑެސްކަށް ވޮލަންޓިއާރވި ފަރާތްތަކާއި ބައްދަލު ކުރުން

ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ސޯޝަލް ސަޕޯރޓް ޑެސްކުގައި ހަރަކާތްތެރިވުމަށް ހުޅުވާލެވުނު ފުރުސަތުގައި ވޮލަންޓިއަރވި ފަރާތްތަކާއި ކައުންސިލުން ބައްދަލުކޮށްފިއެވެ.

މި ބައްދަލު ވުމުގައި އެ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅު ކުރެއްވިކަމަށްޓަކައި ކައުންސިލުން ޝުކުރު އަދާކޮށް، ސޯޝަލް ސަޕޯރޓް ޑެސްކުގައި ތިބޭ ފަރާތްތަކުގެ ޢަމަލުތައް ބަހައްޓަން ޖެހޭނެ ގޮތް ތަކާއި ބަލަން ޖެހޭނެ ކަންކަމުގެ އިތުރުން، ރަށަށް އަރާ ފައިބާ ފަރާތްތައް މޮނިޓާރ ކޮށް ނަގަން ޖެހޭ މަޢުލޫމާތު ތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

ކޮވިޑް-19 ސޯޝަލް ސަޕޯރޓް ޑެސްކަށް ވޮލުންޓިއާރވި ފަރާތްތަކުގެ މަޢުލޫމާތު:

  1. ހަސަން ރިޝްފާން. ހެޕީހައުސް / ށ. ފޭދޫ
  2. އަޙްމަދު ވިޝާޙް، ބީޗްވިލާ / ށ. ފޭދޫ
  3. އާމިނަތު މާރިޝާ، ފެހިގެ / ށ. ފޭދޫ
  4. ހުސައިން ސިމިޔާން، ރަތްފުސްގެ / ށ. ފޭދޫ
  5. އާމިނަތު ނިހާދާ، ރަތްފުސްގެ / ށ. ފޭދޫ
  6. އިސްމާޢީލް މަދީޙް، ބޮންތި / ށ. ފޭދޫ
  7. ފާތިމަތު ޔަޝްފާ، ވާރޭވިލާ / ށ. ފޭދޫ