ފުލުހުން މިއަދު ފޭދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި

ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ޓްރެފިކް އޮޕަރޭޝަނެއް ށ. ފޭދޫގައި ހިންގައިފި އެވެ.

މިއީ ފޭދޫގެ މަގުތަކަކީ އެންމެންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތައް ދުއްވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ޓްރެފިކް އޮޕަރޭޝަނެކެވެ.

މިއަދު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ވެހިކަލްތައް ބަލައި ފާސްކޮށްފައިވެއެވެ. އަދި ބަލައި ފާސްކުރި އުޅަނދުތަކުގެ ޑްރައިވަރުންނަށް އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

މި އޮޕަރޭޝަނުގައި އެއްގަމުގައި ދުއްވާ ވަރަށްގިނަ އުޅަނދު ހުއްޓުވައި ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާއި ޚިލާފަށް ހުރި އުޅަނދުތަކުގެ ވެރިފަރާތްތަކަށް ނަސޭޙަތްތެރިވެފައިވެއެވެ.

ފުނަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެންކުރިއަށް ގެންދިޔަ މިއޮޕަރޭޝަނަށް ފޭދޫގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.