ރަށުގެ ފާރުތަކުގައި ހުރި ޢާއްމު އިޖުތިމާޢީ މިންގަޑު ތަކާއި ޚިލާފް ލިޔުންތައް ފޮހެލުން
ރަށުގެ ބައެއް ގޭގެ މަގުފާރާއި އަދި ބައެއް ޢިމާރާތްތަކުގައި ހުރި ޢާއްމު މިންގަނޑުތަކާއި ޚިލާފް ލިޔުންތައް ފޮހެލުމަށް ކައުންސިލާއި ށ. ފޭދޫގައި ހުރި މުއައްސަސާ ތަކާއި ށ. ފުނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހަރަކާތެއް ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މިގޮތުން، 31 އޮކްޓޯބަރ 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9 ގައި ކުރީގެ ޕުރީ ސްކޫލް ކައިރިން ފެށޭ މި ހަރަކާތުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ޢާއްމު ރައްޔިތުން ހެނދުނު 9 ށް ކުރީގެ ޕުރީ ސްކޫލް ކައިރިއަށް ދިއުމަށް ކައުންސިލުން ދަޢުވަތު އަރުވަމެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ދުރުވާއިރު، ކުލަ ލާނެ ފިއްސަކާއި، ކުލަ އަޅާނެ އެއްޗެއް ގެންގުޅޭ ފަރާތްތަކުން، މިކަމަށް ބޭނުންވާނެ އާލާތްތައް ހިފައިގެން އައުމަށްވެސް ދަންނަވަމެވެ.